ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރުކަމުން އަބްދުﷲ ޝަހީލް ޖަލީލް ވަކިކޮށް، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ތިލަފުށީ ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އާ މެނޭޖިންގް ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އަހްމަދު ނާސިފް ކަމަށާއި އޭނާ މަގާމާ ހަވާލުވެވަޑައިގަތީ މިމަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.

މިދިޔަ މަހު މަގާމުން ވަކިކުރި ޝަހީލަށް މެނޭޖިން ޑިރެކްޓަރުކަން ދެއްވާފައި ވަނީ މިދިޔަ އަހަރު އެވެ.

އޭނާ މަގާމުން ވަކިކުރީ ކޮންސަބަބަކާ ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ.