05 Oct 2015, 10:42
ފިޝަރީޒު އެންޑް އެެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ މަނިކުފާނު އެނބުރި ވަޑައިގަންނަވަންދެން އެ މިނިސްޓްރީ ހިންގެވުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާ ހަވާލު ކުރައްވައިފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީ އިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ ފިޝަރީޒް މިނިސްޓަރު އެނބުރި ވަޑައިގަންނަވަންދެން އެ މިނިސްޓްރީ ހިންގަވާނީ ތޯރިގް އިބްރާހީމް ކަމަށެވެ.