26 Mar 2011, 15:17
5 ވަނަ މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ އިވެންޓްތައް މިއަދު ފަށަން ހަމަޖއްސާފައިވާއިރު ރޭ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ގދ. ތިނަދޫ ޒޯން ސްޓޭޑިއަމްގައި ރޭ ބޭއްވި ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ގދ. އަތޮޅުގެ ހުނަރުވެރިންގެ އައިޓަމްތަކުގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް އަލީ(ކުޑައިއްބެ)ގެ ލަވައެއްވެސް އިވިގެން ދިޔައެވެ.
މުބާރާތުގެ ދަންމަރު ރޯކޮށް އެތުލީޓުންނަށް ހުވާލައިދިނީ މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު އެތުލީޓުކަމަށްވާ ތިނަދޫ މަރިޔަމް އިނާޔާ ފާރޫގެވެ.
މުބާރާތް ޝަރަފުވެރިކޮށްދެއްވީ ޝަރަފުވެރި މެެހެމާން މަތި ދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަންގެ ސްޕްރިންޑެންޓް މުހައްމަދު ޝަކީލެވެ.
މިއަދު ހަވީރުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި 14 ސުކޫލަކުންނާއި 4 ކްލަބަކުން ޖުމްލަ 66 ޓީމު ވަނީ ބައިވެރިވެފައެވެ، ހުރިހާ ޓީމެއްވެސް މިހާރު ތިބީ ތިނަދޫ ގައެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ ސ.އަތޮޅުން 2 ސްކޫލް ޏ. އަތޮޅުން 4 ސްކޫލާއި 1 ކްލަބް، ގދ. އަތޮޅުން 6
ސްކޫލާއި 2 ކްލަބް އަދި ގއ. އަތޮޅުން 1 ކްލަބާއި 2 ސްކޫލެވެ.
މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ 13،16 އަދި 19 އަހަރުންދަށެވެ.