04 Oct 2015, 14:37
އިސްލާމިކް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރައްވައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ މިނިސްޓަރު މުއިއްޒާ އިސްލާމިކް މިނިސްޓްރީ ހިންގެވުން ހަވާލުކުރީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަމަށެވެ.
ޑރ. ޒިޔާދަކީ މި ސަރުކާރުގެ ދެވަނަ އިސްލާމިކް މިނިސްޓަރެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމަނިކުފާނަށް އިސްލާމިކް މިނިސްޓަރުކަން ދެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓަރުކަމުން އިސްތިއުފާދެއްވުމުންނެވެ.
މިނިސްޓަރުކަން ދެއްވުމުގެ ކުރިން ޑރ. ޒިޔާދު ހުންނެވީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައެވެ.