04 Oct 2015, 14:40
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަރަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިމި މުޅި މަޖިލިސް ޗުއްޓީ އަށް ދިޔައީ މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އެއަށް ފަހު މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ މެމްބަރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދެވަނަ ދައުރަށް ފަހު ލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާ މުޅި މަޖިލިސް ޗުއްޓީއަށް ދިޔައިރު މުޅި ޖުމުލަ 26 ބިލެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ. އެގޮތުން ސަރުކާރުން ހުށަހެޅި 22 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި ހަ މައްސަލައެއް މަޖިލީހުން ވަނީ ނިންމާފަ އެވެ. އެހެނިހެން މައްސަލަތަކުގެ ތެރެއިން 11 މައްސަލައިގެ އިތުރުން ސަރުކާރުގެ އެއް ވަޒީރަކާ ވަނީ ސުވާލު ކުރައްވާފަ އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ 96.6 ޕަސެންޓް މަސައްކަތް ނިމުނު ކަމަށެވެ.