04 Oct 2015, 14:38
ރޭޒަރު ތިލަ ބޭނުންކޮށްގެން އިސްތަށި ބޭލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ނާޒުކު ހަމުގެ ވެރި ފަރާތްތަކަަށް އެއީ ދެގުނައަށް ވޭން ދެނިވި ކަމެކެވެ. އޭގެ ސަބަބުން ހަންގަނޑު ހަލާކުވުމާއި ކަނޑައިން ދިޔުމަކީ އާންމު ކަމެކެވެ. ނަމަވެސް ހަމަށް ލިބޭ އެ އަނިޔާއަށް ހައްލެއްގެ ގޮތުން ޝާޕް ކުންފުނިން ވަނީ ރޭޒަރު ތިލައިގެ ބަދަލުގައި ލޭޒަރެއް ބޭނުން ކުރާ ރޭޒަރެއް އުފައްދައިފަ އެވެ.
"ސްކާޕް" ނަމަށް ކިޔާ އެ ރޭޒަރުގައި އަނިޔާ ވާނެ ފަދަ ތިލައެއް ނުހުރެ އެވެ. އެ ރޭޒަރުން އިސްތަށިތައް ތުނިކޮށް ބޭލުމަށް ބޭނުން ކުރާނީ "އެފިޝެންޓް" އިންސާނާއަށް ގެއްލުން ނުކުރާ ފަދަ ލޭޒަރެކެވެ.
ފިރިހެނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ތައްޔާރުކުރި އެ ރޭޒަރަކި ބޭނުން ކުރުމުގައި ފަސޭހަ އެއްޗެކެވެ. ގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ އެވެ. މުޅި ރޭޒަރު މަސައްކަތް ކުރާނީ ޓްރިޕަލް އޭ ބެޓެރީގެ ބާރުންނެވެ.
އިންސާނާގެ ހަށިގަނޑާ ލޭޒަރެއް ކައިރި ކުރަން ޖެހުމުން ކަންބޮޑު ވާނެ މީހުން މަދެއް ނުވާނެ އެވެ. ނަމަވެސް ސްކާޕް ރޭޒަރު މަސައްކަތް ކުރަނީ ހަމައެކަނި އިސްތަށި ބާލާގޮތަށެވެ. އެގޮތަށް ހެދުމަށްޓަކައި ކޮންމެ ކުލައެއްގެ އިސްތަށްޓެއް ވެސް ކޮށޭ ވަރުގެ ވޭވްލެންތެއް ވަނީ ހޯދާފަ އެވެ.
އިންސާނާގެ އިސްތަށީގައި އަލީގެ ވޭވްލެންތު ދަމައިގަންނަ ޕާޓިކަލް އެއް ކަމަށްވާ "ކްރޮމޯފޯ" ހިމެނެ އެވެ. އެ ކްރޮމޮފޯ އަކީ ކޮންމެ ހުރިހާ އުމުރެއް އަދި ހުރިހާ ނަސްލެއްގެ އިންސާނުންގެ އިސްތަށީގައި ހިމެނޭ ޕާޓިކަލްއެކެވެ. އެހެން ކަމުން އެ ލޭޒަރުގެ ވޭވްލެންތުން އިންސާނާގެ އިންސާގެ އިސްތަށީގައި ޖައްސާ ހިސާބަކުން ބުރިވެގެންދާނެ އެވެ.
ޝާޕް އިން ބުނި ގޮތުގައި ލޭޒަރަކީ 50،000 ގަޑިއިރު ބޭނުން ކުރެވޭ އެއްޗަކަށް ވާކަމަށާއި ފެން ޖެހުނު ކަމުގައިވިޔަސް ގެއްލުމެއް ނުވާނެ ކަމަށެވެ. އެހެން ކަމުން އެ ބޭނުން ކުރާ އަދަދު މަދުވެ ތިމާވެށްޓަށް ކުރާ ގެއްލުން ކުޑަވެގެން ދާނެ އެވެ.
އަންނަ އަހަރުގެ މާޗު މަހުގައި ނެރުމަށް ހަމަޖެހިފައިވާ ލޭޖަރު ރޭޒަރުތައް ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފަ އެވެ. ޝާޕް އިން ބުނެފައި ވަނީ އެ ރޭޒަރު އާންމު އަގެއްގައި ރީޓެއިލް ކޮށް ލިބެން ހުންނާނީ 189 އެމެރިކާ ޑޮލަރަށެވެ.
ރޭޒަރުގެ ޑިޒައިން ހަގީގަތަކަށް ހެދުމަށްޓަކައި "ފިއުޗާ އޮފް ޝޭވިން"ގެ ނަމުގައި ވަނީ ހާއްސަ ކިކްސްޓާޓާ ކެމްޕެއިނެއް ފަށާފައެވެ. ޝާޕް އިން ބުނެފައި ވަނީ އެ ކުންފުނިން އެއް މަސްތެރޭގައި ވާސިލްވާން ބޭނުންވި މަގްސަދަށް ވުރެ ހަތަރު ގުނަ އަށް މިހާރުވެސް ވާސިލްވެފައިވާ ކަމަށެވެ. އެގޮތުން އެ ކެމްޕްއިން ނިމެން 20 ދުވަސް އަދިވެސް އޮތް އިރު މިހާރުވެސް ވަނީ ދެ މިލިއަން ޑޮލަރަށްވުރެ ގިނައިން ހޯދާފަ އެވެ.
ކޮންމެ އަހަރަކު ހަމައެކަނި އެމެރިކާ އިން ވެސް ދެ ބިލިއަނަށް ވުރެ ގިނަ ރޭޒަރު ތިލަ ބޭނުން ނުކުރެވިގެން ނުވަތަ ހަލާކުވެގެން އުކާލަ އެވެ.