ރޭ ހުޅުމާލޭގައި ކާރެއް އިތުރު ތިން ވެހިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު އުޅަނދަކަށް އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮޮފިޝަލް ސަން އަށް ވިދާޅުވީ ހުޅުމާލޭ ނިރޮޅު މަގު ކައިރިން ކޮންޓްރޯލް ނެއްޓިގެން އެކްސިޑެންޓެއް ހިނގާފައިވަނީ ރޭ 2:30 އެހާކަށް ހާއިރު ކަމަށެވެ.

ކޮންޓްރޯލުން ނެއްޓިގެން ގޮސް ކާރު ޖެހިފައިވަނީ ޕާކުކޮށްފައިވާ ކާރަކާއި ދެ ސައިކަލެއްގައި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ރޭ ހިނގި އެ އެކްސިޑެންޓުގައި ހަތަރު އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންތަކެއް ވެފައިވެފައެވެ. ނަމަވެސް އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ހުޅުމާލޭ ޕޮލިސްޓޭޝަނުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.