04 Oct 2015, 10:49
މިދިޔަ އަހަރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ސާރާ އިބްރާހިމް އާއި ހުޝާމާ އަހުމަދު ހޮވިއްޖެ އެވެ.
ްއެ މަގާމު އެ ދެ ކުދިންނަށް ލިބުނުކަން އިއުލާން ކުރީ ރޭ ދަރުބާރުގޭގައި ބޭއްވި އެެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގަ އެވެ.
ެއެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ސާރާއަށް ލިބިފައިވާ އިރު އޭނާ އަކީ ސްކޫލުގެ ކެޕްޓަންގެ މަގާމުގައި މިދިޔަ އަހަރު ހުރި ދަރިވަރެވެ. އޭނާ ވަނީ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10 އަކުން އެއްވަނަ ހޯދައިފަ އެވެ. ސާރާ ވަނީ ބިޒްނަސް ސްޓަޑީޒްގެ ދުނިޔޭގެ ގަދަ 10ގެ ފުރަތަމަ މަގަމުގެ އިތުރުން "އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް"ގެ ދުނިޔޭގެ 10 ވަނަ މަގާމު ވެސް ހޯދައިފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އަހުމަދިއްޔާ އިންޓަނެޝިނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: މަތީ ސާނަވީގެ ބައިގެން އެންމެ މޮޅު ދަރިވަރު ހުޝާމާ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ހުޝާމާ ވަނީ މަތީ ސާނަވީ ބައިން އެއްވަނަ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައިފަ އެވެ. އޭނާ ވަނީ އޭލެވެލް އިމްތިހާނުގެ ގަދަ 10ގައި ހިމެނިފަ އެވެ.
ވޭތުވެ ދިޔަ އަހަރު އޭލެވެލް އިމްތިހާންގައި ރާއްޖެ އިން 23 ދަރިވަރަކު ވަނީ އެއް ވަނަ އަށް އައިސްފަ އެވެ. އަދި 11 ދަރިވަރަކު ވަނީ އެކައުންޓިން އިން ދުނިޔޭގެ އެއްވަނަ ހޯދައިފަ އެވެ.
ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ފޯރުކޮށްދޭ އަހުމަދިއްޔާ އިން ވޭތުވެ ދިޔަ އަހަރު އޯލެވެލް އިމްތިހާނުން ތިން ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ހިމެނިފަ އެވެ. ސާރާގެ އިތުރުން އެއް ވަނަ އަށް ގޮސްފައި ވަނީ މުހައްމަދު އަހުސަމް މޫސާ އާއި ޒޫޝާން ތައުފީގް އެވެ.
ވޭތުވެ ދިޔަ އަހަރު އަހުމަދިއްޔާ ސްކޫލުން 224 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މިދިޔަ އަހަރަކީ އެ ސްކޫލުން ފަސް މާއްދާއަށް ވުރެ މަތިން ފާސްވި ކުދިންގެ އަދަދު އެންމެ މަތިން ގެނައި އަހަރެވެ. މިދިޔަ އަހަރު އެ ސްކޫލުން އޯލެވެލް ހެދި ދަރިވަރުންގެ 94 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާ އިން މަތިން ފާސްވެފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އަހުމަދިއްޔާ އިންޓަނެޝިނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޖުމްލަ 30 ދަރިވަރުން ވަނީ އަހުމަދިއްޔާ އިން ރާއްޖޭގެ ގައުމީ ގަދަ 10ގެ އެކި މަގާމުތަކުގައި ހިމެނިފަ އެވެ.
ދަރުބާރުގޭގައި ބޭއްވި އަހުމަދިއްޔާގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި، އިތުރު ހަރަކާތްތަކުގައި ބައިވެރިވެ މޮޅެތި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފަ އެވެ. އެގޮތުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެކި ވަނަ ވަނަ ހޯދާފައިވާ ފަރާތްތަކަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ކުދިން ބައިވެރިވުމަށް ބެލެނިވެރިން ތަރުހީބު ދޭން ޖެހޭ ކަމަށެވެ. އޭގެ ސަބަބުން ކުދިންގެ ފަރާތުން ނުފެނި ހުރި އެތައް ހުނަރެއް ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކިޔަވައި ނިންމާފައި ސްކޫލް މާހައުލުން ނުކުމެ މަސައްކަތްތެރި ކަމަށް ނުކުންނަ އިރު، ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހާސިލް ވެގެން ދަނީ އެހެން ހަރަކާތްތަކުގެ ތެރެއިން،" ޝައިނީ ވިދާޅުވި އެވެ.