ޚާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިންނާއި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން، އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އަރިހަށް ޒިޔާރަތްކޮށްފިއެވެ.

އެކަމަނާގެ އަރިހަށް ޚާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިންނާއި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ޒިޔާރަތް ކުރައްވާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން އަންނަ މެޑަމް ފާތުންގެ އަރިހަށް މިމަހުގެ ފުރަތަމަ ދުވަހުވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޒިޔާރަތްކޮށްފައެވެ.

މެޑަމް ފާތުންގެ މައިބަދައިގެ ހަތަރު ތަނަކުން ރެނދުލާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ވަނީ ވިދާޅުވެފައެވެ.