26 Mar 2011, 09:54
ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ޕާސްޕޯޓް ހިފަހައްޓާ ފަރާތްތަކާއި ޕާސްޕޯޓް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު އާންމު ކުރާ ގޮތަށް ސިވިލް ކޯޓުން ހަމަޖައްސައިފި އެވެ.
ސިވިލް ކޯޓުން ބުނީ އަންނަ އޭޕްރީލް މަހުން ފެށިގެން އެ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޕާސްޕޯޓް ހިފަހައްޓަށް އެކި ފަރާތްތަކުގެ މައްޗަށްކުރާ އަމުރުތަކާއި ޕާސްޕޯޓް ދޫކުރަން ކުރާ އަމުރުތަކުގެ މައުލޫމާތު އެކޯޓްގެ ވެބްސައިޓްގައި ޝާއިއުކޮށް، އާންމުކުރަން ފަށާނެ ކަމަށެވެ. އެއީ ޢާންމުންނަށް ފަސޭހަވާނެ ގޮތަކަށް އެކަން ކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށް ވެސް ބުންޏެވެ.
ސިވިލް ކޯޓުން ބުނީ އެ ކޯޓުގައި ހިންގާ މައްސަލަތަކާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓުމުން، އެފަރާތެއް ދިރިއުޅޭ އެޑްރެހަށް އެކަން އަންގައި ލިޔުން ފޮނުވުމަކީ ދތި ކަމަކަށް ވެފައި އޮންނަ ކަމަށާއި އަދި އޭގެ ސަބަބުން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކަށްބަލައި، އެ މަޢުލޫމާތު ސިވިލް ކޯޓުން އާންމުކޮށް ޝާއިޢުކުރުމަށް ނިންމީ ކަމަށެވެ.