ބ. ފެހެންދޫގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ވަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ މަރުވެފައި އޮއްވައި ފެނިގެން އެރަށު މީހަކު ކައުންސިލަށް އެކަން އަންގާފައި ވަނީ މިއަދު މެންދުރު 12:50 އެހާކަންހާއިރު ކަމަށެވެ.

"12:50 ހާއިރު މީހަކު ގުޅާފައި ބުނީ މޫދުގައި އެމީހާ މަރިވެފައި އޮތް ކަމަށް. ދެން އަޅުގަނޑުމެން އެތަނަށް ގޮސް އޭނާ އެއްގަމަށް އެރުވީ،" ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހާ މިހާރު ފެހެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، ޑޮކްޓަރުން ވެސް އޭނާ މަރުވެފައިވާކަން ޔަގީންކޮށްދީފައިވާ ކަމަށެވެ.

ފުލުހުންގެ ޓީމެއް މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށާއި ހިނެވުމުގެ ކަންކަން އަދި ކުރިއަށް ނުގެންދާ ކަމަށް ނަސީމް ވިދާޅުވި އެވެ.