03 Oct 2015, 15:06
އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ ގައުމީ ކަސްރަތު މުބާރާތުގެ 100 މީޓަރާއި 200 މީޓަރުގެ އިވންޓުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު އެއް ވަނަ ހޯދައިފި އެވެ.
ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)ގެ ފަރާތުން ސާއިދު އެއް ވަނަ ހޯދީ 10.9 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އަޒުނީމް އަޙްމަދު 11.3 ސިކުންތުން ރޭސް ނިންމި އިރު ތިން ވަނަ އަށް ދިޔަ އިބްރާހިމް އަޝްފާން ޢަލީ ރޭސް ނިންމީ 11.4 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދުއިސައްތަ މީޓަރު އިވެންޓް ސާއިދު އެއް ވަނަ ހޯދީ 22.5 ސިކުންތުން ރޭސް ނިންމައިގެނެވެ. ދެވަނަ އަށް ދިޔަ ޙުސައިން އީނާޝް ރޭސް ނިންމީ 23.0 ސިކުންތުންނެވެ.
ތިން ވަނައަށް ދިޔައީ 100 މީޓަރު އިވެންޓުން ވެސް ތިން ވަނައިގައި ރޭސް ނިންމި އަޝްފާން އެވެ. އޭނާ ރޭސް ނިންމީ 23.0 ސިކުންތުންނެވެ.