ގުއެޓެމާލާގައި ބިންގަނޑު ކަނޑައިގެން ގޮސް 29 މީހަކު މަރުވެ، 600 އަށް ވުރެ ގިނަ މީހުން ބިންގަނޑު ދަށުވެއްޖެ އެވެ.

ރަސްމީ ފަރާތްތަކާ ހަވާލާދި ޗައިނާގެ ޒިންހުއާ ނިއުސް އިން މިއަދު ބުނީ ގުއެޓެމާލާގެ ސިޓީ އިން ބޭރުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި 125 ގެއެއް ވެސް ބިންގަނޑު ދަށުވި ކަމަށެވެ.

އެ އެ އެޖެންސީ އިން ބުނީ ބިންގަނޑު ދަށުވި މީހުންގެ އަދަދު 600 އަށް އަރާ ކަމަށް ރަސްމީ ފަރާތްތަކުން ބުނާ ކަމަށެވެ.

ރޮއިޓާސް އިން ބުނީ އެ ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ރޭ މީހުން ގެއަށް ނިދަން ވަން ފަހުން ކަމަށާއި އަދި ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ގޮސް ގަސްތައް ވެސް ވެއްޓުނު ކަމަށެވެ.