03 Oct 2015, 13:22
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ފީފާ ބެލަންޑޯ އެވޯޑަށް ޝޯޓްލިސްޓް ކުރި 59 ކުޅުންތެރިންގެ ލިސްޓްގެ އެއް ވަނަ ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ނޮމިނޭޓްކޮށްފި އެވެ.
އެގޮތުން މިލިސްޓްގައި އެ ދެ ކުލަބުން ވަނީ ކޮންމެ ކުލަބަކުން ހަތް ކުޅުންތެރިން ނޮމިނޭޓް ވެފަ އެވެ.
ރެއާލްއާއި ބާސާއަށް ފަހު މިލިސްޓުން ދެން އެންމެ ގިނައިން ޖާގަ ހޯދާފައި ވަނީ ބަޔާން މިޔުނިކްގެ ކުޅުންތެރިންނެވެ. އެ ޓީމުން ވަނީ ހަ ކުޅުންތެރިން ނޮމިނޭޓް ވެފަ އެވެ.
މިލިސްޓްގައި އެންމެ ގިނައިން ހިމެނެނީ އާޖެންޓީނާގެ ގައުމީ ޓީމްގެ ކުޅުންތެރިންނެވެ. އެ ގައުމުން ހަ ކުޅުންތެރިޔަކު ވަނީ ހިމެނިފަ އެވެ.
ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއިން ފަސް ކުޅުންތެރިޔަކު ހިމެނޭ އިރު ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ހިމެނެނީ ތިން ކުޅުންތެރިންނެވެ.
އޭޝީއާ ބައްރުން ތި ކުޅުންތެރިޔަކު ވަނީ ލިސްޓްގައި ހިމެނިފަ އެވެ. އެއީ ޗެމްޕިއަން އޮސްޓްރޭލިއާގެ މަސިމޯ ލުއޭންގޯއާއި ރަނަރަފު ޖަޕާނުގެ ޝިންޖީ އޮކަޒާކީ އާއި ދެކުނުކޮރެއާގެ ސެން ހެންގު މިން އެވެ.
މިކުޅުންތެރިންގެ ލިސްޓް 23 ކުޅުންތެރިންގެ ލިސްޓަށް މަދުކޮށް އެ 23 ކުޅުންތެރިންގެ ތެރެއިން ގަދަ 11 ކުޅުންތެރިން ނަގައި އެ 11 ކުޅުންތެރިންގެ ތެރެއިން އެވޯޑް ރަސްމިއްޔާތަށް ދާނީ ގަދަ ތިން ކުޅުންތެރިންނެވެ.
ބެލަންޑޯ އެވޯޑްގެ ނަމުގައި 2010 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށި ފަހުން މިދިޔަ ފަސް އަހަރު ތެރޭ މިއެވޯޑް ހޯދާފައި ވަނީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ޕޯޗްގަލްގެ ކްރިސްތިއާނޯ ރޮނާލްޑޯ އެވެ.
އެގޮތުން މެސީ ތިން ފަހަރަށް އެވޯޑް ހޯދާފައިވާއިރު ރޮނާލްޑޯ ވަނީ ދެ ފަހަރަށް މިއެވޯޑް ހޯދާފަ އެވެ.
ބާސެލޯނާ
ހާވިއޭ މެޝަރާނޯ، ލިއޮނަލް މެސީ، ނޭމަ ޑަސިލްވާ، ކްލައުޑިއޯ ބްރާވޯ، އީވާން ރެކިޓިޗް، އަންދުރޭ އިނިއެސްޓާ، ލުއިސް ސުއަރޭޒް
ރެއާލް މެޑްރިޑް
ޓޯނީ ކްރޫޒް، ޖޭމްސް ރޮޑްރިގޭޒް، ލުކަ މޮޑްރިޗް، ސާޖިއޯ ރާމޯސް، ކަރީމް ބެންޒަމާ، ގެރެތު ބޭލް، ކްރިސްތިއާނޯ ރޮނަލްޑޯ
ބަޔާން މިޔުނިކް
ތޯމަސް މުލާ، މެނައުލް ނޯޔާ، ޑޭވިޑް އަލްބާ، އާޓްރާ ވިޑާލް، އާރެޔަން ރޮބެން، ރޮބަޓް ލެވަންޑޮސްކީ
މެންޗެސްޓާ ސިޓީ
ސާޖިއޯ އަގުއޭރޯ، ވިލްފްރީޑް ބޮނީ، ޔާޔާ ޓޯރޭ، ނިކޮލަސް އޮޓަމެންޑީ، ޑި ބްރޭން
ޔުވެންޓަސް
އަލްވާރޯ މަރޯޓާ، ޕައުލް ޕޮގްބާ، ޖިއަޖިއޯ ކިއަލީނީ، އަންދުރޭ ޕިރުލޯ
ޗެލްސީ
ތީބަޓް ކޯޓްއާ، އެޑިން ހެޒާޑް، ޑިއޭގޯ ކޯސްޓާ، ވިލަން
މެންޗެސްޓާ ޔުނައިޓަޑް
ޑޭވިޑް ޑެހެއާ، ވޭން ރޫނީ، މެންފިސް ޑިޕާއީ
ޕީއެސްޖީ
ހާވިއާ ޕެސްޓްރޯ، އެންޑިސަން ކަވާނީ، ޒަލްޓާން އިބްރޮހަމަވިޗް
އާސެނަލް
ޑެވިޑް އޮސްޕިނާ، އެލެކްސް ސަންޗޭޒް
އެތުލެޓިކޯ މެޑްރިޑް
ޖެކްސަން މާޓިނޭޒް، އެންޓޯނިއޯ ގްރިޒްމަން
ޓޮޓެންހަމް ހޮސްޕާ
ސެން ހެންގު މިން، ހެރީ ކޭން
އިންޓަ މިލާން
ގެރީ މެޑެލް
އޭސީ މިލާން
ކާލޯސް ބާކާ
އޮލިމްޕިކް ލިޔޯން
އެލްގްޒެންޑަރާ ލަކެޒޭޓް
ކްއީންސް ޕާކް ރޭންޖާސް
މަސިމޯ ލުއޭންގޯ
ބޮކާ ޖޫނިއާސް
ކާލޯސް ޓެވޭޒް
ހަފެންހަމް
އެޑްވާޑޯ ވާގަސް
އޮލިމްޕިކް ލިޔޯން
އެލްގްޒެންޑަރާ ލަކެޒޭޓް
ބޯންމަތު
ކްރިސްޓިއަން އަޓްސޫ
ސްވަންސާ ސިޓީ
އަންޑްރޭ އަޔޫ
ލެއިސްޓާ ސިޓީ
ޝިންޖީ އޮކަޒާކީ
އެލްއޭ ގެލްކްސީ
ޑޮސް ސަންޓޯސް
ޕީއެސްވީ އެންދޯވަން
އަންޑްރޭސް ގުއަޑާޑޯ
ފްލެމިންގޯ
ޕައުލޭ ގްރޭރޯ
ރިވަޕްލޭޓް
ކާލޯސް އަންޑްރޭސް ސަންޗޭޒް