އިންޑޮނޭޝިއާގެ ކުޑަ މަތިންދާބޯޓެއް 10 މީހުންނާ އެކު ގެއްލިއްޖެއެވެ.

އިންޑޮނޭޝިއާގެ ނޫސްތަކާ ހަވާލާދީ އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް އިން ބުނީ ގެއްލުނު މަތިންދާބޯޓުން ދަތުރުކުރީ ހަތް ޕަސިންޖަރުންނާއި ތިން ފަޅުވެރިން ކަމަށެވެ.

ޑީއެޗްސީ 6 މަރުކާގެ ކަނޑަށް ޖައްސާ މަތިންދާބޯޓް ގެއްލުނީ އިންޑޮނޭޝިއާގެ ސުލަވޭސީ ޖަޒީރާގައިވާ މަސަމްބާ ނަމަކަށް ކިޔާ އަވަށުން މަކައްސަރު ނަމަކަށް ކިޔާ އަވަށަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެބޯޓް ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑުނީ މިއަދު ހެނދުނު އިންޑޮނޭޝިއާ ގަޑިން 6.36 ގައެވެ. އަދި އެބޯޓް މަކައްސަރަށް ޖައްސާނެ ކަމަށް ލަފާކޮށްފައި އޮތް ގަޑިއަކީ ހެނދުނު 7.30 އެވެ.