އެމެރިކާގެ މުދާ އުފުލާ މިލިޓަރީ މަތިންދާ ބޯޓެއް އަފްގާނިސްތާނަށް ރޭ ވެއްޓި 11 މީހަކު މަރުވެއްޖެ އެވެ.

އެމެރިކާގެ ސީ -130 މަރުކާގެ ބޯޓު ރޭ ދަންވަރު ވެއްޓުނީ ޖަލާލާބާދު އެއާޕޯޓުން ނައްޓާލިތަނާ އެވެ.

ވޮއިސް އޮފް އެެމެރިކާ އިން ބުނީ ބޯޓު ވެއްޓުނީ ކީއްވެގެންތޯ ބަލަމުންދާ ކަމަށެވެ.

އެ ނޫހުން ބުނީ އެ ހާދިސާގައި އެމެރިކާގެ ސާވިސް މެމްބަރުންގެ ތެރިން ހަ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ނޭޓޯގެ ތަމްރީންތަކުގައި އެހީތެރިވާ ކޮންޓްރެކްޓަރުންގެ ތެރެއިން ވެސް ފަސް މީހަކު މަރުވެފައިވާ ކަމަށެވެ.

ތޯލިބާނުން ބުނަނީ ބަޑިޖަހައި އެމެރިކާގެ ބޯޓު ވައްޓާލީ ކަމަށެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ.

ސީ - 130 މަރުކާގެ ހާކިއުލިސް މުދާ އުފުލާ ބޯޓަކީ ހަތަރު އިންޖީނުލީ ބޯޓެކެވެ.