ޓީރެކްސްގެ މައްޗަށް ހަތް ޕޮއިޓްގެ ތަފާތަކުން ކާމިޔާބު ހޯދައި އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްލައިން ކުލަބު (އާރްއެލްސީ) ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗްގައި އާރްއެލްސީއިން 94 ޕޮއިންޓް ހޯދިއިރު ޓީރެކްސް ހޯދާފައިވަނީ 84 ޕޮއިންޓެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާރްއެލްސީ އަޙްމަދު އަފުޝަން ރަޝާދެވެ.

މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކަށް ހޮވިފައިވަނީ 276 ޕޮއިންޓް ހޯދި އާރްއެލްސީގެ މުޙައްމަދު ޒިލާލެވެ.

މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޒިލާލްއެވެ.

މުބާރާޓުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވިފައިވަނީ އާރްއެލްސީގެ ޢަލީ ފަޒުލީއެވެ.

މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސްގެ އަޙްމަދު ރަޝްވާންއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅުނު ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަ އަށް ފަރާތްތަކަށް އިނާމާ ހަނދާނީ ލިޔުން ދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ.