މާފަންނުގައި ހުރި އިމާރާތެއްގެ ފަސް ވަނަ ބުރިން ވެއްޓުނު 11 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ.

އައިޖިއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 8:45 އެހާ ކަންހާއިރު އެކުއްޖާ މަރުވެފައިވާ ކަން އައިޖީއެމްއެޗުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ މ. ކުރެދިވަރުއާގޭގައި ކަމަށެވެ. އެ އިމާރާތަކީ މަޖީދީމަގުގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރަ ހިންގާ އިމާރާތެވެ. އެ އިމާރާތަކީ ހަ ބުރިއަށް ނަގާފައިވާ އިމާރާތެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު 'ސަން' އަށް ވިދާޅުވީ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. ކަމަށެވެ.

މަންޒަރު ދުށް މީހަކު ސަންއަށް ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު "ހަރަކާތެއް ނެތް" ކަމަށާއި ނޭފަތުން ލޭ ފައިބަމުން ދިޔަ ކަމަށެވެ. އަދި އެ ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔައީ ޕްރައިވެޓް ކާރެއްގައި ކަމަށް މަންޒަރު ދުއް މީހާ ބުންޏެވެ.