01 Oct 2015, 20:12
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ އަރިހަށް ޕީޕީއެމްގެ ސަޕޯޓަރުން ހުދު ފިނިފެންމަލުން "އަވަސް ޝިފާ"އަކަށް އެދިއްޖެ އެވެ.
މިއަދު ހަވީރު އައިޖީއެމްއެޗަށް ޒިޔާރަތްކޮށް މެޑަމް ފާތުންއަށް ގިނަ އަދަދެއްގެ ހުދު ފިނިފެންމާ ހަދިޔާކޮށްފައި ވަނީ ސަރުކާރުގެ ބައެއް ކޯޑިނޭޓަރުންނާއި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންނާއި ކުޑަކުދިންނެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން ހުދު ފިނިފެންމަލާއެކު މެޑަމް ފާތުންނަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން -- ފޮޓޯ /މެޑަމް ފާތުމަތު އިބްރާހިމް އެފްބީ ޕޭޖް
އެކަމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކުން 'ސަން' އަށް ބުނީ މިއަދު އިރުއޮއްސި 6:00 އިން 7:00 އަށް މެޑަމް ފާތުންގެ އަރިހަށް ވަަޑައިގެންނެވީ އެބޭފުޅުންގެ ތާއީދު ދައްކާލުމަށާއި އިހުތިރާމު އަދާކުރުމުގެ ގޮތުން ކަމަށެވެ.
"ގާތްގަނޑަކަށް 200 އަށްވުރެ ގިނަ މީހުން މެޑަމްއަށް ޒިޔާރަތް ކުރި މާ ހިފައިގެން. އެއީ ޕީޕީއެމްގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނާއި އެމީހުންގެ ގާތް މީހުން އަދި މެޑަމްއަށް ހެޔޮއެދޭ ފަރާތްތަކުން،" އެކަމުގައި ބައިވެރިވި މޫސާ އަންވަރު ބުންޏެވެެ.

ޕީޕީއެމްގެ ބައެއް މެންބަރުން ހުދު ފިނިފެންމަލާއެކު މެޑަމް ފާތުންނަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން -- ފޮޓޯ / ޕީޕީއެމް
މިއަދު މެޑަމްއަށް ޒިރާރަތް ކުރުމުން މުޑަމްގެ ފަރާތުން ފެނިގެން ދިޔައީ އުފާވެރިކަން ކަމަށާއި ހުރިހާ ބޭފުޅުންނާ ސަލާމް ކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ބައެއް މީހުން ބުންޏެވެ.
ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި މެޑަމް ފާތުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ރެނދުލާފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން ހުދު ފިނިފެންމަލާއެކު މެޑަމް ފާތުންނަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން -- ފޮޓޯ / ޕީޕީއެމް