ޒުވާނުންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން އިސް ނަގައިގެން ކުރިއަށް ގެންދާ "ފަރުމާ ފެއާ" މިއަދު ފަށައިފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި ފަރުމާ ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފެއާ ފައްޓަވައިދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ.

ނެޝަނަލް އާޓް ގެލެރީގައި މިއަދު ފެށި "ފަރުމާ ފެއާ" ގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ފަރުމާ ފެއާ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިފް ވިދާޅުވީ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ފަހި މަގުތަށް ތަނަވަސްކޮށްދިނުމަށް ސަރުކާރާއި ޔޫތު މިނިސްޓްރީ ވަރުބަލި ނުވާނެ ކަމަށާއި ވަރުބަލި ވާނީ އާޓިސްޓުން ކަމަށެވެ.

ނެޝަނަލް އާޓް ގެލެރީގައި މިއަދު ފެށި "ފަރުމާ ފެއާ" ގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

އާޓިސްޓުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ނާއިފު ވަނީ ހުރިހާ ފަންނުވެރިންނަށް އަރުވާފަ އެވެ. ނާއިފް ވިދާޅުވީ ޒުވާނުންގެ އެއްވެސް ކަމެއްގައި ޔޫތު މިނިސްްޓްރީ ފަހަތަކަށް ނުޖެހޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތަށް މިހާރަށްވުރެ އިތުރު ކުރާނެ ކަމަށެވެ.

ނެޝަނަލް އާޓް ގެލެރީގައި މިއަދު ފެށި "ފަރުމާ ފެއާ" ގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ޖުމްލަ 33 ފަންނާނުންގެ ހުނަރުފެނިގެންދާ އެ ފެއާގައި ހާއްސައެހީއަށް ބޭނުންވާ މީހެއްގެ ހުނަރުތަށް ވެސް ދައްކުވައިދޭނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.