ރާއްޖޭގެ ސްވިމިން އޮފިޝަލުންނަށް ޚާއްސަކޮށްގެން ދުނިޔޭގެ ސްވިމިން ފެޑެރޭޝަން (ފީނާ) އާ ގުޅިގެން އިންޓަނޭޝަނަލް ޓްރޭނިން ޕްރޮގުރާމެއް ފެށުމަށް ސްވިމިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ.

ސްވިމިން އެސޯސިއޭޝަންގެ އޮފިޝަލެއް ސަން ވިދާޅުވީ، މިމަހު ހަތަރަކުން ނުވަޔަކަށް ހިންގާ ޕްރޮގުރާމް ޚާއްސަ ކުރަނީ މިހާރުވެސް ސްވިމިން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވަ އޮފިޝަލުންނަށް ކަމަށެވެ.

އެގޮތުން ސްވިމިންގ އޮފިޝަލުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ 30 ފަރާތަކަށް ތަމްރީން ޕްރޮގުރާމުން ޖާގަ ދިނުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ޕްރޮގުރާމުގައި ކިޔަވައިދޭނީ ފީނާގެ އިންސްޓަރަކުޓަރުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ސްވިމިންގެ ތިއަރީތަކާއި އަމަލީ ތަޖުރިބާ ތައްވެސް މި ތަމްރީން ޕްރޮގުރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.