ބުރުޒުމަގުގައި ހުންނަ އިރާއީ ބުކްޝޮޕް ރޭ ފަޅާލައި 52،000 ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު 6:20 އެހާކަންހާއިރު އިރާއީ ބުކްޝޮޕް ފަޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އޮފިޝަލު ވިދާޅުވީ އެ ބުކްޝޮޕް ފަޅާލައިފައި ވަނީ އެ ފިހާރައިގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެ ފިހާރައިން ހަމަ އެކަނި ވަގަށް ގެންގޮސްފައި ވަނީ ފައިސާ އެކަނި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.