ދިހަ ހާސް މީހުންނަށްވުރެ މަދު ނޫން ކޮންމެ އާބާދީއަކަށް ސިޓީއެއްގެ ދަރަޖަ ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މެންބަރަކު އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދު ހުށެހޅުއްވި މި އިސްލާހްގައި އޭނާ ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ގާނޫނު މަޖިލީހުން ފާސްކުރި ފަހުން އެ ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރުމަތިން އެކިއެކި މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އޭނާ އެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވެވީ މާލެ އާއި އައްޑުއަތޮޅު ފިޔަވައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިޓީތަކެއް އުފެދުމަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޝިފާގު ވިދާޅުވީ ރާއްޖޭގެ ބޮޑެތި އާބާދީތަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާއަށް ފެނިވަޑައިގަތަސް ކައިރި ކުރިމަގެއްގައި އެފަދަ އާބާދީތަކަށް ސިޓީއެއްގެ ދަރަޖަ ލިބުމަކީ މުސްތަހީލުކަމެއް ކަމެއް ކަމަށެވެ.

ލާމަރު ކަޒީ ގާނޫނުގައި މިހާރު އޮންނަގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ 25،000އަށްވުރެ މަތީގެ އާބާދީތަކަށެވެ.

އެ ގާނޫނަށް ޝިފާގު އިސްލާހް ހުށަހަޅުއްވާފައި ވަނީ، 8،000 އަށްވުރެ މަތީ އާބާދީތަކަށް ސިޓީގެ ދަރަޖަ ދޭގޮތަށް އިސްލާހް ގެންނަން މަޖިލީހުގައި ބައެއް މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށެވެ.