ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިން ދެ މީހަކު ޖަލަށްލުމަށް ލަންކާގެ ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ކޮލަންބޯ ޓައުން ހޯލުގައި ބޭއްވި އިންތިހާބުގެ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް ޗަންދުރިކާ އަވަހާރަކޮށްލަން އުޅެފައި ވަނީ، ޑިސެމްބަރު 18، 1999 ވަނަ އަހަރު އެވެ. އެ ހަމަލާއަށްފަހު އެކަމަނާގެ ކަނާތު ލޮލުގެ ފެނުން ގެއްލުނެވެ.

ލަންކާގެ ހައި ކޯޓުގެ ފަނޑިޔާރު ޑަބްމިނީ ރަނަވަކަ ކުރި ހުކުމުގައި ބުނެފައި ވަނީ ޗަންދުރިކާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އެކަކު 290 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށާއި އަނެކަކު 300 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

އެ ހުކުމް 30 އަހަރުގެ ތެރޭގައި ދެމީހުންނަށް ވެސް ތަަންފީޒުކޮށް ނިންމުމަށް ހުކުމްކޮށްފައިވާއިރު، އެ ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިހުރި އަންހެނަކު ވަނީ މިނިވަންކޮށްފަ އެވެ.

މައުލޫމާތު: ލަންކާގެ ނޫސް އެޖެންސީތައް