ބުރެޒިލްގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން ރެފްރީ ކުޅުންތެރިން ހުއްޓުވަން ރަތްކާޑުގެ ބަދަލުގައި ބަޑި އެއް ނަގައިފިއެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ބްރެޒިލްގެ ހަވަނަ އަށް އެންމެ ބޮޑު ސިޓީގައި ކުރިޔަށް ދިޔަ ފުޓުބޯޅަ މެޗެއް ކޮންޓުރޯލުން ނައްޓައި ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމުން ރެފްރީ ވަނީ ޗޭންޖިން ރޫމަށް ވެދެ ބަޑިއެއް ހިފައިގެން ދަނޑު މައްޗަށް އަރައިފައެވެ.

މި މަންޒަރު ދަށްކުވައިދޭ ވީޑިއޯއެއް ވަނީ ޔޫޓިއުބް ގައި އާންމު ކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ރެފްރީ ބަޑި ހިފައިގެން ދަނޑު މައްޗަށް ނިކުތުމުން ލައެންސްމަން ރެފްރީއާއި ކުޅުންތެރިންގެ ހުރަހަކަށް ރެފްރީ ކުރިމައްޗަށް އަރައި ރެފްރީ ފަހަތަށް ޖައްސާލާތަން ފެނެއެވެ. އަދި ކުޅުންތެރިން ބިރުން ދުވާ މަންޒަރު ވެސް ފެނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ހާދިސާ ހިނގިއިރު ދަނޑުގައި ފުލުހުން ހަރަކާތްތެރިވެފައެއް ވެސް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ރެފްރީ ގެބްރިއަލް މުރާޓާ ގެ މައްސަލަ އަންނަނީ ބަލަމުންނެވެ. އަދި އެއްޔެގެ ވަގުތެއްގައި ވަނީ ރެފްރީގެ ނަފްސާނީ ޓެސްޓްތެކެއްވެސް ހަދާފައެވެ.

އެ މައްސަލައާ ގުޅިގެން ރެފްރީ މުރާޓާއަށް ސަސްޕެންސަނެއް ނުވަތަ ދާއިމީގޮތަށް ފުޓްބޯޅައިގެ ހަރަކާތްތަކުން އެކަހެރިކުރުން ފަދަ އަދަބެއް އައުމަކީ ގާތް ކަމެކެވެ.