ތުނިކޮށް ރީތިކޮށް ބޯކޮށުމަށް ޝަރުތުކޮށް ލ. ގަމު މެޖިސްޓްރޭޓް ކޯޓުން މީހަކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވާތީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ސަން އަށް ވިދާޅުވީ ގަމު ކޯޓުގެ އެ އަމުރު އިސްތިއުނާފަށް ހުށަހެޅުމަށް މައްސަލައިގެ ގަމަށް ލިޔުންތައް ފޮނުވާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލައިގެ އިސްތިއުނާފުގެ ހުރިހާ ކަމެއްވެސް ކޮށްދެނީ ހިލޭސާބަހަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ލޯފާމް އެކީޓާސް ލީގަލް ކޮންސަލްޓަންޓުން ހިލޭސާބަހަށް ކޮށްދޭ ކަމެއް،" ޝަމީމް ވިދާޅުވިއެވެ.

ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ގަމު ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ތިން ދުވަހުގެ ތެރޭގައި ތުނިކޮށް ރީތިކޮށް ބޯކޮށުމަށް އަމުރުކޮށެޗެ.