30 Sep 2015, 16:32
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މާދަމާރެއަށް ފަސް ކޮށްފިއެވެ.
ސަންއާ ވާހަކަ ދައްކަމުން އެމްބީއޭ ގެ އޮފިސަލަކު ވިދާޅުވީ، ކުރިން މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗް ފަސްކުރީ މެޗް ލައިވް ކުރުމަށް ދަތިތަކަކާ ކުރިމަތިވުމުން ކަމަށެވެ. އަދި މާދަމާ ރޭ ކުޅޭ މެޗް ޕީއެސްއެމްގެ ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މާދަމާ ހަވީރު 4:30 ގައި މައްޗަންގޯޅީ ވިމެންސް ސްޕޯޓްސް އެންޑް ރެކްރިއޭޝަނަލް ސްޕޯޓްސް ކްލަބް ނިކުންނާނީ ދަގޭންގްއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ 9:30 ގައި ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބް ބައްދަލުކުރާނީ ރެޑް ލައިން ކްލަބްއާ އެވެ.