ގޭބިސީތަކުގެ އާމްދަނީއާއި ހަރަދުތައް ދެނެގަތުމަށް ޓަކައި މި އަހަރު ފަހުކޮޅު ސާވޭއެއް ކުރުމަށް ނިންމާފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

އެބިއުރޯ އިން ބުނީ އެސާވޭއަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރަމުން އަންނަ ސާވޭއެއް ކަމަށެވެ. އެސާވޭގެ މަގުސަދަކީ ގޭބިސީތަކުގެ ހަރަދާއި ލިބޭ އާމްދަނީ ބަލައި ފަގީރުކަމުގެ މިންގަނޑު އެކުލަވާލުމަށާއި ފަރަގު ހާމަވާ މިންގަނޑު ދެނެގަތުމަށާއި ސީޕީއައި އިސްލާހު ކުރުމަށް ކަމަށެވެ.

މިސާވޭ އިން ނެގޭ މައުލޫމާތު ތަކުގެ ތެރޭގައި:

*ދިރިއުޅޭ ތަނާއި މީހުންގެ މައުލޫމާތު

*ގޭބިސީގައި ހުރި ގިނަ ދުވަހަށް ދެމިހުންނަ ތަކެތީގެ މައުލޫމާތު

*ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް

*އާމްދަނީ އާއި އެކި ބައިތަކަށް ކުރެވޭ ހޭދާގެ ތަފްސީލް

އެސާވޭ މި އަހަރު ފަހުކޮޅު ކުރަން ނިންމާފައިވާ އިރު މާލެއާއި އަތޮޅުތެރޭ ގިނަ ރަށްރަށުގައި ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެބިއުރޯއިން މައުލޫމާތުދެ އެވެ.