30 Sep 2015, 16:18
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓް ސާމާނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެގައި ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މިއަދު މެންދުރު ފަހު ކަޅުތުއްކަލާކޮށި ކައިރިން ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހުރި ސަރަހައްދު ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓް ދެ ބުރުމާ އާއި ބެޓަރީއަކާއި ހަތަރު ބުރުމާއަކާއި ސޭންޑަރަކާއި ސާކިއުލާއަކާއި ފޯމަރެއްގެ އިތުން ބުރުމާ ބެޓަރި ޗާޖަރަކާއި އެޑަޕްޓަރެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުންޏެވެ.