އިންޓަނޭޝަނަލް ކެރަމް ފެޑްރޭޝަން ކަޕް ނުވަތަ އައިސީއެފް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމު އިންޑިއާގެ ނިއުދިއްލިއަށްދާން ތައްޔާރުވެއްޖެއެވެ.

ކެރަމް އެސޯސިއޭޝަންގެ ނައިބުރައީސް ޢަލީ މާހިރު ސަންއަށް ވިދާޅުވީ، މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ނިއުދިއްލިއަށް ހުކުރު ދުވަހު ފުރާގޮތަށް ހަމަޖެހިފައިވަ ކަމަށެވެ.

އަންނަ މަހު ހަތަކުން 12 އަށް ނިއުދިއްލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ މުބާރާތަށް ރާއްޖޭގެ ޓީމު ހުކުރު ދުވަހު ފުރާއިރު މުބާރާތަށް ތައްޔަރުވުމުގެ ގޮތުން ނިއުދިއްލީގައި ތިން ދުވަހުގެ ތަމްރީން ޕްރޮގުރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މާހިރު ވިދާޅުވިއެވެ.

މިމުބަރާތުގައި 12 ގައުމަކުން ވާދަކުރާއިރު މިފަހަރުގެ މުބާރާތުގެ ޓީމު އިވެންޓާއި އިންޑިވިޖުއަލް އިވެންޓްތަކުގައިވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ އައިސީއެފް ކަޕްގެ އެންމެ ފަހުން ބޭއްވި މުބާރަތުގައި ރާއްޖޭގެ އަންހެންޓީމާއި ފިރިހެން ޓީމު ވަނީ މުބާރާތުގެ ތިން ވާނަ ހޯދާފައެވެ.

މުބާރާތުގައި ވާދަކުރާ އަންހެން ޓީމުގެ ކުޅުންތެރިން:

  • ޢައިޝަތު ފައިނާޒް

  • އައިމިނަތު ވިޝާމާ
  • އައިމިނަތު ވިދާދް
  • އައިޝަތު ޒުލްފިޝާން

މުބާރާތުގައި ވާދަކުރާ ފިރިހެން ޓީމުގެ ކުޅުންތެރިން:

  • ޙަސަން ނާޒިމް

  • ޙުސައިން ނީޝާމް
  • ޢަލީ ޢާޒިމް
  • އިސްމާޢީލް އަޒްމީން