ކުރީގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިންޔާ ބްރެޒިލްގެ ރޮނަލްޑޯ ލުއިސް ނަޒަރިއޯ ޗައިނާގައި 30 ފުޓްބޯޅަ ސުކޫލް އަޅަން ނިންމައިފި އެވެ.

ޗައިނާ ނިއުސް އެޖެންސީ ޒިންހުއާއިން ބުނެފައިވަނީ މިސުކޫލްތަކުގެ ތެރެއިން ގިނަ ސްކޫލުތައް އެޅުމަށް ޗައިނާގެ ސަރުކާރުން ހުއްދަ ދީފައިވަނީ ބެއިޖިންއާއި ޝަންހާއީއާއި ޝެންޒެންގައި ކަމަށެވެ.

މިފިޔަވަޅަކީ ފުޓްބޯޅައަށް ލޯބިކުރައްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ތަސައްވަރުގައި ހިމެނޭ، ވޯލްޑްކަޕް ޗައިނާގައި ބޭއްވުމުގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގެ މަޝްރޫއުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ޒިންހުއާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ވިޔަފާރިއަކަށް ވުރެ މިޕްރޮޖެކްޓް ހާއްސަވަނީ ޗައިނާގެ ފުޓްބޯޅައަށް ލޯބި ކުރާ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި ސަރުކާރުންވެސް ފުޓްބޯޅަ ތަރައްޤީ ކުރުމަށް ބޮޑު އިސްކަމެއްދޭ ބަޔަކަށް ވުމުން ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާގެ ޓްރޭނިންގ މެތަޑްގެ ސަބަބުން ޗައިނާގެ ފުޓްބޯޅަ ތަރައްގީވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ޗައިނާގައި ފުޓްބޯޅައަށް ލޯބިކުރާ ބޮޑު ފޭން ބޭހެއް އޮތްކަމަށެވެ.

ނަމަވެސް އަދިވެސް މައްސަލައަކަށް ވާނީ ފުރިހަމަ ޓްރޭނިންގ މެތަޑަކަށް ހޭނުންކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރަށް ހޯދާފައިވާ ރޮނާލޯޑޯ ބުންޏެވެ.

ރޮނާލްޑޯގެ ފައުންޑަރުކަމުގެ ދަށުން ހުޅުވާ ފުޓްބޯޅަ ސްކޫލުތަކުގެ ތެރެއިން ފުރަތަމަ ސުކޫލް އަންނަ ނޮވެމްބަރު މަހު ހުޅުވާގޮތަށް ވަނީ ނިންމާފައެވެ. އެ ސުކޫލް ހުޅުވުމުގެ ރަސްމިއްޔާތަށް ރޮނަލްޑޯ ޗައިނާއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

ރޮނާލްޑޯ ވަނީ ދެ ފަހަރެއްގެ މަތިން ބްރެޒިލްއަށް ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދައިދީފައެވެ.