24 Mar 2011, 12:36
ގދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެއަތޮޅު ތިނަދޫއަށް މިއަދު ވަޑައިގެން، އެރަށުގެ ތަރައްގީގެ މަޝްރޫއުތައް ހަލުއި ކުރުމާބެހޭ ގޮތުން ރަށު ކައުންސިލާއެކު މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ތިނަދޫ ބަނދަރަށް ބަދަލުތައް ގެންނަން ރަށު ކައުންސިލުން ހުށަހަޅާ ހުށަހެޅުންތަކާއި އެނޫން ވެސް މަޝްރޫއުތައް ހިމެނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތިނަދޫގެ އިތުރުން، ދެން ވަޑައިގަންނަވާނީ އެ އަތޮޅު މަޑަވެއްޔަށާއި ހޯނޑެއްދޫއަށެވެ.