24 Mar 2011, 12:16
ތ. އަތޮޅު ކައުންސިލް އިދާރާގެ ނަމަށް ތ. އަތޮޅު އަތޮޅުގެ ރަޖިސްޓްރީ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތ. އަތޮޅު ކައުންސިލުން އަތޮޅުގޭގެ އިމާރާތް އެ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެދުމުން، ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސަން އެދި ރަށު ކައުންސިލްގައި ފުލުހުން އެދިފައިވާނެ ކަމަށެވެ. އަދި އެމައްސަލަ މިހާރު ފުލުހުން އިތުރަށް ތަހުގީގުކޮށް ބަލަމުން އަންނަ ކަމަށެވެ.
އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވީ އަތޮޅުގޭގެ ރަޖިސްޓްރީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކުރީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަތޮޅު ގޭގެ ގޯއްޗަކީ އެ ކައުންސިލްގެ އިދާރާ ވެސް ހުންނަ ތަން ކަމުން އެ އިމާރާތް އެ ކައުންސިލްގެ ނަން މައްޗަށް ބަދަލުކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވޭމަންޑޫން ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ އަތޮޅުގެ ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ބޭނުންފުޅުވާ ގޮތަށް ކައުންސިލްގެ އެހެން މެންބަރުންނަށް ނާންގާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ޖޫން މަހު އަތޮޅު ކައުންސިލްގެ އިދާރާތަކަށް ފޮނުވި ސިޓީއެއްގައި ބުނަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ވަކިފަރާތަކާ ހަވާލުކުރެވެންދެން އަތޮޅު އޮފީހާއި އަތޮޅު ގެއާއި ރަށު އޮފީހާއި ރަށު އޮފީހުގެ ބެލުމުގެ ދަށުގައިވާ ހަރު މުދަލުގެ ގޮތުގައި ހުރި އެންމެހާ އުޅަނދުފަހަރެއް ފިޔަވައި އެންމެހާ ތަކެއްޗެއް ހުންނާނީ ޤައުމީ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި އެންމެހާ އިމާރާތްތައް ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.