30 Sep 2015, 12:48
އިންޑިއާގެ މުމްބާއީގައި 2006 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގައި ބައިވެރިވިކަން ސާބިތުވި ފަސް މީހަކު މެރުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އެ ފަސް މީހުންގެ އިތުރުން އިތުރު ހަ މީހަކު އުމުރަށް ޖަލަށް ލުމަށް ވެސް މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.
މަރުގެ ހުކުމް އައި ފަސް މީހުންނަކީ ކަމާލް އަންސާރީ، ފައިސަލް ޝައިޚު ، އިސްތިޝާމް ސިއްދީޤީ، ނަވީދު ޚާން، އަދި އާސިފް ބަޝީރު ޚާން އެވެ.
މުމްބާއީގެ ރަށްބޭރުގައިވާ ރެއިލްވޭއެއްގައި 2006 ވަނަ އަހަރު ދިން ހަމަލާގައި 11 މިނެޓް ތެރޭގައި ހަތް ބޮން ގޮއްވާލި އެވެ. އެ ހާދިސާގައި 209 މީހުން މަރުވެ، 700 މީހުން މަރުވި އެވެ. އެ ހާދިސާގައި ގޮއްވާލާފައި ވަނީ ޕްރެޝާ ކުކަރުތަކަކުން އުފައްދާފައިވާ ބޮންތަކެއް ކަމަށް އިންޑިއާ އިން އޭރު ބުނެފައިވެ އެވެ.