އެމްބީއޭ ޗެމްޕިއަންޝިޕް ގެ ފިރިހެން ބައި ގެ ތިން ވަނަ ހަރިކޭން ބާސްކެޓް ބޯލް ކުލަބުން ހޯދައިފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ތިން ވަނަ ހޮވި މެޗްގައި ހަރިކޭން ބީސީ ޔޫއެން ފްރެންޑްސް ގެ މައްޗަށް ކުރި ހޯދީ 69-76 ޕޮއިންޓުން މޮޅުވެގެންނެވެ.

އެ މެޗްގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ ހަރިކޭން ބީސީ ގެ އަޙްމަދު އަލީ މުސްތަފާއެވެ.

ޓީރެކްސް އެ މުބާރާތުގެ ފައިނަލަށް ދިޔައީ ހަރިކޭން ބަލި ކުރުމަށްފަހު އެވެ. އަދި ރެޑްލައިން ފައިނަލަށް ދަތުރުކުރީ ޔޫއެން ފުރެންޑްސް ބަލިކުރުމަށް ފަހުގައެވެ.

އެ މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 9:30 ގައި ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗް ގައި ބައްދަލު ކުރާނީ ވާދަވެރި ޓީރެކްސްއާ ރެޑްލައިންނެވެ.