30 Sep 2015, 11:43
ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ފަހަތަށް ޖައްސާލުމަށްފަހު ޕޯޓޯގެ ކީޕަރު އިކާ ކަސިއަސް ރޭ މުގުރާލައިފިއެވެ.
އިނގިރޭސި ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ރޭ ޕޯޓޯ ކުޅުނު މެޗަކީ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ކަސިއަސް ކުޅުނު 152 ވަނަ މެޗެވެ.
ރެކޯޑާއެކު ކަސިއަސްގެ ކައުންޓަ ޕާޓް ކަމުގައިވާ މެންޗެސްޓާ ޔުނައިޓަޑާ ހޮލެންޑްގެ ކުރީގެ ލެޖެންޑް، ގޯލް ކީޕަރު އެޑްވިން ވެންޑަސް ވަނީ ކަސިއަސްއަށް މަރުހަބާ ކިޔާފައެވެ.
ޒަވީ ވަނީ ޗެމްޕިއަންސް ލީގްގައި 151 މެޗް ކުޅެފައެވެ.
ޔޫއެފްއާ ޗެމްޕިއަންސް ލީގް މެޗް އެންމެ ގިނައި ކުޅުނު ތިން ކުޅުންތެރިންނަކީވެސް ސްޕެއިންއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ކަސިއަސްއާ ޒަވީގެ ފަހަތުން ތިން ވަނައިގައި އޮތީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭސްއެވެ.
ޔޫއެފްއާ ޗެމްޕިއަންސް ލީގް މެޗްތައް އެންމެ ގިނައިން ކުޅެފައިވާ ކުޅުންތެރިން
އިކާ ކަސިއަސް (ރެއާލް މެޑްރިޑް - 150 ، ޕޯޓޯ - 2) = 152