30 Sep 2015, 11:25
ޅ. ކުރެންދޫގައި 25 އަހަރުގެ ޒުވާން ފިރިހެނަކު ދަންޖެހިގެން މަރުވެފައި ހުއްޓައު ފެނިއްޖެ އެވެ.
މަރުވެފައި ހުއްޓައި ފެނިފައި ވަނީ އެ ރަށު ކުރެސެންޓްވިލާ އަބްދުﷲ އާރިފްއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ކުރެންދޫ ޒުވާނަކު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ދަންޖެހިފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މަދީހް މިއަދު ސަން އަށް ވިދާޅުވީ ދަންޖެހުނު އާރިފް އަކީ ނަފްސާނީ މައްސަލައެއް ހުންނާތީ އެކަމަށް ބޭސްކުރަމުން ދިޔަ މީހެއް ކަމަށެވެ.