ލ. ދަނބިދޫގައި އާ މެޖިސްޓްރޭޓް ކޯޓެއް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އިއްޔެ އެއަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މައްސާޙު ކޮންސްޓްރަކްޝަނާއެވެ.

މައްސާޙު ކޮންސްޓްރަކްޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރު ސާމިރު އަބޫބަކުރެވެ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ލ. އަތޮޅުގެ ކޯޓް އެޑްމިނިސްޓްރޭޓާ މުޙައްމަދު ޙަމީދެވެ.

ދަނބިދޫ ގައި އިމާރާތްކުރާ މެޖިސްޓްރޭޓް ކޯޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓް ގެ ޢިމާރާތް އެޅުމަށް ދަނބިދޫ ކައުންސިލުން ހަމަޖައްސާފައިވާ 10000 އަކަފޫޓް ގެ ބިމެއްގައި ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.