30 Sep 2015, 11:15
މިއަދުން ފެށިގެން ރާއްޖޭގެ ރަށްރަށަށް އުދައެރުމުގެ ފުރުސަތު ކުޑަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ހަނދު ބޮޑުވާ މޫސުމާ ގުޅިގެން ރާއްޖޭގެ ރަށްތަކަށް އުދައަރައި ފާނެތީ ސަމާލުވުމަށް މެޓް އޮފީހުން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން އޮފިޝަލަކު ވިދާޅުވީ މިއަދު ރާއްޖޭގެ ރަށަކަށް އުދައަރާފައިވާ ކަމަށް މައުލޫމާތު ލިބިފައިނުވާ ކަމަށާއި ދެން ރަށްރަށަށް އުދައެރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
"އުތުރު މެދުތެރެ، އަދި ދެކުނުގެ ބައެއް ރަށްތަކަށް ވެސް އުދައެރުމަކީ އެކަށީގެންވާ ކަމެއް އެހެން ނަމަވެސް ފުރުސަތު ވަރަށް ވެސް ކުޑަ." އޮފިޝަލް ވިދާޅުވި އެވެ.
މިއަދުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާ އިރު ވިލާގަނޑުގައި 40 މެއިލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
އިއްޔެ ރޭ ވަނީ ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް އުދައަރައިފަ އެވެ.