30 Sep 2015, 10:37
މަސްތުވާތަކެއްޗާ އެކު ފުލުހުން ކުރީ ރޭ ހައްޔަރުކުރި، އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް މަގާމުން ވަކިކޮށްފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެސިސްޓެންޓް އޭޖީގެ މަގާމުގައި ހުރި ވިޝާމް މަގާމުން ވަކިކުރީ މިއަދު ކަމަށެވެ.
މަސްތުވާތަކެއްޗާ އެކު ފުލުހުން ވީޝާމް އާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފައި ވަނީ އިއްޔެރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ އިއްޔެ ރޭ 11:30ގައި މ. ހަނީޑިއު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބިއަރު ދަޅުތަކަކާ އެކު ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިއްޔެގެ ވަގުތެއްގައި މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ވިޝާމް އާއި އޭނާގެ އަންހެނުން ގޭގައި ބަންދުކުރުމަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.