30 Sep 2015, 09:19
އައްޑޫގައި އިއްޔެ ހަވީރު ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު ހަބީބު ވިދާޅުވީ، އެ ޒުވާނާ އައިޖީއެމްއެޗަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 8:20 އެހާކަންހާއިރު ކަަމަށެވެ.
އަދި މިވަގުތު އޭނާ ބަލައި، އިންވެސްޓިގޭޝަންތައް ހަދަމުންދާތީ އޭނާގެ ހާލަތާއި ބެހޭގޮތުން އެއްޗެއް ދަންނަވަން ނޭނގޭ ކަަމަށެވެ.
އައްޑޫ ހޮސްޕިޓަލުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، އެކްސިޑެންޓްވި 20 އަހަރުގެ ޒުވާނާގެ ކަންފަތުން ވަަރަށް ބޮޑަށް ލޭ އަންނަ ކަމަށެވެ. އަދި އިންޓާނަލް އިންޖަރީސް އެއް ހުރިކަމަށް ގަބޫލުކުރެވޭ ކަަމަށެވެ.
އެ އެކްސިޑެންޓް ހިނގީ އިއްޔެ ހަވީރު އައްޑޫ ހިތަދޫ ލިންކު ރޯޑްގައި ކޯހެރެ ކެފޭ ކައިރިން ސައިކަލެއް ކޮންޓްރޯލު ނުވެ، ކަހާލައިގެން ގޮހެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ދެ ވަނަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ. އެއީ 21 އަހަރުގެ ޒުވާނެކެވެ. އޭނާ މިވަގުތު އޮތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އެއީ 24 ގަޑިއިރުވަންދެން އޮބްޒާވް ކުރަން ކަަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.