24 Mar 2011, 10:08
ވޮލީބޯލް ޓޯކްގެ ނަމުގައި ވޮލީގެ ހަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުުރުމަށް މިމަހުގެ 30 ވަނަ ދުވަހުގެރޭ ފޯރަމެއް ބާއްވަން ހަމަޖައްސައިފި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ބުނީ މި ހަރަކާތުގައި ކްލަބް ޖަމްއިއްޔާތަކާއި ކުޅުންތެރިންނާއި ރެފްރީންގެ އިތުރުން ކޯޗުންނާއި ވޮލީގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކުންވެސް ބައިިވެރިވާނެ ކަމަށެވެ.
މި މަހު 30 ވަނަ ދުވަހުގެރޭ 8ން 11ށް ޒުވާނުންގެ މަރުކަޒުގެ ސެމިނާރ ރޫމްގައި ބާއްވަން ހަމަޖައްސާފައިވާ ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވޮލީ އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ.
މި ފޯރަމަކީ މިދިޔަމަހުގެ 27 ވަނަ ދުވަހުގެރޭ ބޭއްވި ވޮލީ އެސޯސިއޭޝަންގެ ކޮންގްރެސްގައި ކްލަބަކުން ހުށަހެޅި ސުވާލަކާ ގުޅިގެން އެފަދަ ކަންތައްތަކާ މަޝްވަރާ ކުރުމަށް ފޯރަމެއް މަސްދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު އިއުލާން ކުރެއްވުމާ ގުޅިގެން ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގައި ވޮލީގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ޚިޔާލު ފާޅު ކުރެވޭނެ އެވެ.
ފަހަކަށް އައިސް މިގޮތަށް ފޯރަމް ބާއްވަމުން އަންނަނީ ފުޓްބޯޅައިންނެވެ.