އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާންގެ މެޗު ކުރިއަށް އޮއްވާ އެދެޓީމު މުބާރާތަށް ކޮލިފައިވެއްޖެއެވެ.
އިއްޔެ ކިރުގިސްތާން އަތުން 2-1 ލަނޑުން މޮޅުވެގެން ރޭގެ މެޗުގެ އިންތިޒާރުގައި ތިބި ރާއްޖޭގެ ޓީމަށް މުބާރާތުގެ ޔަގީންކަން ލިބުނީ ރޭ ކެމްބޯޑިއާ އަތުން ތަޖިކިސްތާން އަތުން މޮޅުވުމުންނެވެ. ރޭ ތަޖިކިސްތާން މޮޅުވީ 3-0 ލަނޑުންނެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮަތަށް ކެމްބޯޑިއާ ކޮޅަށް ރޭގެ މެޗުގައި ވެސް ވަނީ ވަރަށް ކުރީކޮޅު ގޯލެެއް ވަދެފަ އެވެ. ނަމަވެސް އޭގެ ފަހުން އެ ޓީމުން ވަނީ މެޗު ނިމުމަކާ ހަމައަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފަ އެވެ. ފަހު ދެގޯލު ކެމްބޯޑިއާ ކޮޅަށް ވަނީ ފަހު 19 މިނެޓްގަ އެވެ.
މިނަތީޖާގެ ސަބަބުން މިގްރޫޕްގެ އެއް ވަނަ ހޯދަން ރާއްޖެ އަށް އޮތް ފުރުސަތު ވެސް ވަނީ ފުޅާވެފަ އެވެ. ސަބަބަކީ މާދަމާ ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިއަސް ލަނޑުގެ ތަފާތުން ރާއްޖެ އަށް އެއް ވަނަ ލިބޭނެތީ އެވެ. ރާއްޖެ އާއި ތަޖިކިސްތާން ވެސް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ.
މުބާރާތުގައި ދެން ވާދަކުރަ ކިރުގިސްތާނާއި ކެމްބޯޑިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގްރޫޕްގެ ފަހު މެޗުގައި ވާދަކުރާނީ ވެސް މި ދެ ޓީމެވެ.
މެޗަށް ފަހު ތަޖިކިސްތާންގެ ކޯޗު ވަނީ ފުރުސަތުތައް ގެއްލުވާލުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް ކެމްބޯޑިއާގެ ކޯޗު ވަނީ ޓީމަށް ކުރިއެރުން އަންނަމުންދާތީ އުފާ ކުރާ ކަމަށް ބުނެފަ އެވެ.
އަންނަ އަހަރު އޮންނަ ޗެލެންޖްކަޕްގެ ޗެމްޕިއަން ޓީމަށް އޭޝިއާގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭޝިއަން ކަޕުން ފުރުސަތު ލިބެ އެވެ.