ކުޑަކުއްޖަކަށް ޖިންސީ ހާނިކަ ކުރި މައްސަލައެއްގެ ތަޙުގީގަށް ހޯދަމުންދިޔަ ހދ. ކުރިނބީ، ބޮޑުގެ، ޢަބްދުލްވާޙިދު އިބްރާހީމް (41އ) ހައްޔަރުކޮށްފި އެވެ.

އޭނާ ހޯދަން އިޢުލާނުކުރުމާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނަށް ދިން މަޢުލޫމާތުގެ އަލީގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ 7:05 ހާއިރު ކޯޓު އަމުރެއްގެ ދަށުން އައްޑު ސިޓީ، މަރަދޫންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ހާނިކަކުރި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.