ހިނގާތަން، ނޫނީ ތިރި ބިއްލޫރިން ޗައިނާގައި ހެދި ފުރަތަމަ ބުރިޖު ހުޅުވައިފި އެވެ. މިއީ 1000 ފޫޓު ދިގު، އަދި 600 ފޫޓު އުސް ބުރިޖެކެވެ.

ޗައިނާގެ ޑެއިލީ ނޫހާ ހަވާލާދީ ޢޭބީސީ ނިއުސް އިން މިއަދު ބުނީ ޗައިނާގެ ހުނާން ޕްރަވިންސްގެ ޒަންގްޖަޖޭގައި އެ ބުރިޖު ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ބުރިޖަކީ ތިރީގައި ބިއްލޫރިލައިގެން ހެދި ދުނިޔޭގެ އެެންމެ ދިގު ބުރިޖުގެ މަގާމު ލިބޭނެ ކަމަށް ޗައިނާ އިން އުންމީދު ކުރެ އެވެ.

ބީބީސީ އިން ބުނީ ބުރިޖު ޑިޒައިންކޮށްފައި ވަނީ، ބާރު ވަޔާއި އަދި ބިންހެލުމާއި ފޮރޮސްޓުން ސަލާމަތްވާ ގޮތަށް، އަދި އެއްފަހަރާ 800 މީހުންނަށް ބުރިޖުމަތީގައި ހިނގާފައި އުޅެވޭ ގޮތަށެވެ.