24 Mar 2011, 09:45
ހިފާފައިވާ ޤުދްސު : އިސްރާއީލު ހިފާފައިވާ ޤުދްސުގެ ހުޅަނގު ފަޅީގެ ބަސްސްޓޭޝަންގެ ކައިރީގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އިސްރާއީލުގެ އެކަކު މަރުވެ 24 މީހަކު ޒަޚަމްވެއްޖެއެވެ.
ގޮއްވާލި މިއެއްޗަކީ ހުޅަނގު ޤުދްސުގެ ބަސްސްޓޭޝަންގެ ކައިރީގައިވާ ޓެލެފޯން ބޫތެއްގައި ބާއްވާފައިވާ ބޮމެއް ކަމަށް އިސްރާއީލުގެ އަމްނާބެހޭ ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާގެ މުރާސިލް އިލްޔާސް ކައްރާމް ވިދާޅުވި އެވެ.
މިބޮން ގޮއްވާލި ސަރަޙައްދަކީ އިސްރާއީލު ސަރުކާރުގެ މުހިއްމު ބައެއް މުއައްސަސާތައް ހުންނަ ސަރަޙައްދެވެ.
މިބޮން ގޮއްވާލާފައިމިވަނީ އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކުން ޣައްޒާއަށް އެކިފަހަރުމަތިން ހަމަލާދީ ފަލަސްތީނުގެ 8 މީހަކު ޝަހީދުކޮށް އެތަށްބަޔަކު ޒަޚަމްކޮށްލާފައި ވަނިކޮށެވެ.
ޝަހީދުކޮށްލި 8 މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ. ޤުދްސުގައި ގޮއްވާލި ބޮމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ. ނަމަވެސް މިއީ އިސްރާއީލުގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާޢަތަކުން ހިންގި ކަމެއްކަމަށް އިސްރާއީލުން ދެކެއެވެ.
މިއީ ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ތެރޭގައި އިސްރާއީލުގައި މިފަދަ ބޮމެއް ގޮއްވާލި ފުރަތަަމަފަހަރެވެ. (އަލްޖަޒީރާ)