އެސިސްޓެންޓު އެޓާނީ ޖެނަރަލް އިސްމާއިލް ވިޝާމް އާ އޭނާގެ އަނބިކަނބަލުން އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ހަނާ ވަހީދު ފަސް ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ މިއަދުގެ ވަގުތެއްގައި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކަމަށެވެ.

ފުލުހުން ބުނީ ރޭ 11:30ގައި މ. ހަނީޑިއު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބިއަރު ދަޅުތަކަކާ އެކު ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ދެ މީހުންނަކީ ވިޝާމް އާއި އޭނާގެ އަނބިކަނބަލުން ހަނާ އެވެ.