ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރުމުގެ ފުރުސަތުދީފައި ނުވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ދާއުވާ ކޮށްފި އެވެ.

ނާޒިމް މިއަދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ވަނީ ރައީސް ނަޝީދު ޖަލަށްލި ފަހުން ހަފްތާ އަކު އެއްފަހަރު އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލަށް ސާވިސް އިން އައީ އޭނާ އަށް ދެމުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދާ ބައްދަލުކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

ކަރެކްޝަނަލް ސާވިސްގެ އެ އެންގުމަކީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 62 ވަނަ މާއްދާ އާއި 85 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި ވަނީ އެދިފަ އެވެ.