29 Sep 2015, 11:21
ނިއު ޔޯކް: އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ދެބޭފުޅުންގެ ދެމެދުގައި ބޭއްވުނު ބައްދަލުކުރެއްވުމަކަށް ފަހު، ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި އޮބާމާ ދެއްވި ވާހަކަފުޅުގެ މެދުތެރޭން "ޕްރެޒިޑެންޓް މޯދީ" އޭ ވިދާޅުވެވިއްޖެ އެވެ.
އެ ދެބޭފުޅުންގެ ބައްދަލުވުމާ ގުޅޭ ވީޑިއޯ ވަނީ ވައިޓްހައުސްގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައެވެ. އެ ވީޑިއޯގައި އޮބާމާ ވިދާޅުވަނީ، ކްލީން އެނާޖީއަށް "ޕްރެޒިޑެންޓް މޯދީ" ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ސަބަބުން ހިތްވަރު ލިބިވަޑައިގެންފި ކަމަށެވެ.

އޮބާމާ ދެއްކެވި ވާހަކަފުޅުގެ ޓްރާންސްކްރިޕްޓް އިސްލާހުކޮށްފައި
އޮބާމާއަށް ދޫފުޅު އޮޅިވަޑައިގެ "ޕްރެޒިޑެންޓް މޯދީ" އޭ ވިދާޅުވެވިފައި ވަނީ ވައިޓްހައުސްއިން ނެރެފައިވާ ފުރަތަމަ ޓްރާންސްކްރިޕްޓްގެ ރެކޯޑިންގައެވެ. އަދި ވައިޓް ހައުސް އިން ވަނީ ފަހުންޓްރާންސްކްރިޕްޓްގައި"ޕްރެޒިޑެންޓް" އޭ ލިޔެފައި އޮތްތަންކޮޅު "ޕްރައިމްމިނިސްޓަރ" އަށް ބަދަލުކޮށްފައެވެ.
ވީޑިއޯ:
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިއު ޔޯކުގައި ހުންނަ އދ.ގެ މަރުކަޒުގައި ބައްދަލުކުރެއްވުން.