29 Sep 2015, 09:46
ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ބަޔޯޕިކްއެއް ކޯ ޕްރޮޑިއުސްކުރަން އޭނާ ނިންމައިފި އެވެ.
އެ ފިލްމަށް އަދި ނަމެއް ދީފައި ނުވި ނަމަވެސް، ވިދޫ ވިނޯދު ޗޮޕްރާ އާއި ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު ރާޖުކުމާރު ހިރާނީއާ ގުޅިގެން އުފައްދާ އެ ފިލްމުގައި ސަންޖޭގެ ރޯލް އަދާކުރާނީ ރަންބީރު ކަޕޫރެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
"ސަންޖޭ ދަތު ފިލްމު ކޯ ޕްރޮޑިއުސް ކުރާނީ. ފިލްމު ހަދަން ނިންމީ ވަރަށް ފަހުން. ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އިންޑިއާގެ މަޝްހޫރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ހިރާނީ ބުނެފައިވެ އެވެ.
ޕްރޮފެޝަނަލް އަދި އަމިއްލަ ހަޔާތުގައި ވެސް ގިނަ އަޑިގަނޑުތަކެއް ހުރަސްކޮށްފައިވާ، ސަންޖޭދަތު ކޯ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ވާހަކަ ލިޔަނީ، "މުންނާ ބާއީ އެމްބީބީއެސް"ގެ ޑައިރެކްޓަރު ރާޖުކުމާރު ހިރާނީ އާއި އަބީޖާތު ޖޯޝީއެވެ.
މުމްބައިގައި 1993 ވަނަ އަހަރު ހިނގި ބޮން ގޮއްވުމުގެ ހާދިސާތަކަކަށް ފަހު އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ ސަންޖޭދަތު މަނާ ހަތިޔާރެއް ގެންގުޅުމުގެ ކުށް ސާބިތުވެ އޭނާ އަށް ހަ އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހު އެވެ.